އުފެއްދުންތެރި މަސައްކަތްތެރިންގެ ޖީލެއް ބިނާކުރުމަށް އައުޓްރީޗް ޕްރޮގްރާމެއް އަންނަ ހަފްތާގައި ފަށަން ނިންމައިފި އެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ މިއީ ވަރލްޑް ބޭންކުގެ އެހީގައި ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.

"ސަސްޓެއިނަބަލް އެންޑް އިންޓެގްރޭޓެޑް ލޭބަރ ސަރވިސަސް (ސެއިލްސް) ޕްރޮޖެކްޓްގެ އައުޓްރީޗް ޕްރޮގްރާމް"ގެ ނަމުގައި ކުރިއަށް ގެންދާ އެ ޕްރޮގްރާމް ފަށާނީ ހައްދުންމަތިން ކަމަށް މިނިސްޓްރީން ބުނެއެވެ. އެގޮތުން، މި މަހު ހަތަކުން 10 އަށް ހައްދުންމަތީ ހިތަދޫ، ފޮނަދޫ އަދި ގަމަށް ސެއިލްސް އަދި ނޭޝަނަލް ކެރިއަރސް ސަރވިސް ގެ ޓީމު ދަތުރުކުރާނެ ކަމަށެވެ.

އަތޮޅުތަކަށް ކުރާ އެ ދަތުރުތަކުގައި ރަށު ކައުންސިލާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ، ރަށުގެ ޒުވާނުންނާއި، ވިޔަފާރިވެރިން، އަދި އަމިއްލަ ޖަމްއިއްޔާތަކާ ބައްދަލުކޮށް ސެއިސްލް ޕްރޮޖެކްޓުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރޮގްރާމްތަކުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަަމަށް ވެސް ބުނެފައިވެއެވެ.

އޭގެ އިތުރުން ނޭޝަނަލް ކެރިއަރސް ސާރވިސް (އެންސީއެސް) ގެ ޚިދުމަތްތަކުގެ މައުލޫމަތު ފޯރުކޮށްދީ, އެންސީއެސް ޕޯޓަލްއަށް އަހުލުވެރިކޮށް، ވަޒީފާ ހޯދާފަރާތްތަކާއި ވިޔަފާރިވެރިން، އެންސީއެސް ޕޯޓަލްގައި ރަޖިސްޓަރީ ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށް ވެސް މިނިސްޓްރީން ބުނެފައިވެއެވެ.

ރާއްޖޭގެ މަސައްކަތުގެ ބަޒާރުގައި ހަރަކާތްތެރިވާ ދިވެހިންނަށް، ވަޒީފާއަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމަށް ސެއިލްސް ޕްރޮޖެކްޓުން ޕްރޮގްރާމްތެއް ވަރަށް އަވަހަށް ފަށާނެ ކަަމަަށްވެސް މިނިސްޓްރީން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން