ވީނުވީއެއް ނޭނގި ގެއްލިފައިވާ މއ. އަސަރީ ހަނދާން، މުހައްމަދު ތަސްލީމް، 43، ހޯދަން އިންޓަޕޯލްގެ ނޯޓިސް ނުނެރޭ ކަމަށް ބުނާ ވާހަކަތައް ފުލުހުން ދޮގުކޮށްފި އެވެ.

ކ. ހުވަފެންފުށި ރިސޯޓު ކައިރީ އޮންނަ ފަސްގަނޑަކަށް ދަތުރުގޮސް އުޅެނިކޮށް ގެއްލުނު ތަސްލީމް އެންމެ ފަހުން ފެނުނު ކަމަށް ބުނަނީ މިދިޔަ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އެވެ.

އެ މައްސަލައިގައި ތަސްލީމު ގެއްލުނުކަމަށް ބުނާ ސަަރަހައްދަށް ޑައިވަރުުން ޑައިވްކޮށްގެން 943،998 އަކަމީޓަރުގެ ސަރަހައްދެއް ވެސް ބެލިއެވެ. ނަމަވެސް އޭނާގެ ހިލަމެއް ނުވެއެވެ.

ފުލުހުން ބުނީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގަމުންދާ ކަމަށެވެ. އަދި މި މިދިޔަ މަހު ކުރީކޮޅު އޮތީ ތަސްލީމް ހޯދަން އިންޓަޕޯލްގެ ޔެލޯ ނޯޓިސް ނެރެން އެދިފަ އެވެ.

ނަމަވެސް ރާއްޖޭގެ ނޫހަކުން މިއަދު ބުނީ އެ ނޯޓިސް އަދި ނުނެރޭ ކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ ތަސްލީމް ހޯދަން މިދިޔަ މަހުގެ 12 ވަނަ ދުވަހު ނޯޓިސް ނެރުނު ކަމަށެވެ.

ފުލުހުން ބުނީ އިންޓަޕޯލް މެދުވެރިކޮށް ޕަބްލިޝްކުރާ ނޯޓިސްތަކަކީ އިންޓަޕޯޓް މެމްބަރު ހުރިހާ ގައުމަކަށް ވެސް ފެންނަ ގޮތަށް ޕަބްލިޝްކުރާ ނޯޓިސްއެއް ކަަމަށެވެ.

"މި ގޮތަށް ޕަބްލިޝްކުރާ ނޯޓިސްއަކީ އާންމުންނަށް ފެންނަގޮތަށް އިންޓަޕޯލްގެ ވެބްސައިޓްގައި ޕަބްލިޝްކުރާ ނޯޓިސްއެއް ނޫން ކަމުގައި ދަންނަވަން." ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން