މި ހަފްތާ ފަށަން އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އަންނަ ހަފްތާއަށް ފަސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށަން ނިންމާފައި އޮތީ މާދަމާ އެވެ.

އެހެން ނަމަވެސް މާދަމާ ޖަލްސާތައް ނުފަށާނެކަން މިހާރު މަޖިލިސް މެމްބަރުންނަށް ވަނީ އަންގައިފަ އެވެ.

މަޖިލީހުގެ މެމްބަރުންނަށް މަޖިލީހުގެ އިދާރާއިން ފޮނުވި މެސެޖުގައި ބުނީ މަޖިލީހުގެ ޖަލްސާތައް ބްރޯޑްކާސްޓްކުރުމަށް އާ ވީޑީިއޯރޫމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާތީ ޖަލްސާތައް ބްރޯޑްކާސްޓްކުރުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އެހެންވެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އަންނަ ހޯމަ ދުވަހު ކަމަށް ވެސް ބުނެފައި ވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެ ވަނަ ދައުރު ނިންމައި ޗުއްޓީއަށް ދިޔައީ މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް އާ ޕްރޮސިއުޓާ ޖެނެރަލް އައްޔަނުކުރުމަށްޓަކައި ދައުރުން ބޭރުން ތިން ޖަލްސާއެއް ބޭއްވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން