ފުލުހުންގެ އޮންލައިންގެ ޚިދުމަތަށް ދިމާވި މައްސަލަ ހައްލުކޮށްފިއެވެ.

ފުލުހުންގެ އޮންލައިން ޚިދުމަތް ކެނޑުނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭރު ފުހުން ބުނީ އެ މައްސަލަ ދިވާމީ ނެޓްވޯކަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ.

އެއާއެކު އޮންލައިންކޮށް މީހުން ހޯދަމުން އައި ޚިދުމަތްތައް ހުކުރުން ފެށިގެން ނުލިބެ އެވެ.

ނަމަވެސް މިއަދު މެންދުރު ފުލުހުން ބުނީ އެ މައްސަލަ ހައްލުކޮށްފައިވާ ކަމަށެވެ. އަދި މިހާރު ކުރިއެކޭ އެއްގޮތަށް ޚިދުމަތްތައް ލިބޭނެ ކަމަށެވެ.

އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ފުލުހުން ދެއެވެ. އޭގެ ތެރޭގައި ޓޯޔާޑާ ގުޅޭ ޚިދުމަތާއި ކުށުގެ ރެކޯޑް ސާފުކުރުން ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން