ޔޫރޯ ސްޓޯރުގެ އޮފީހުގެ ތިޖޫރީ ފަޅާލައި، ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފިއެވެ.
ފުލުހުން ބުނީ، ޗާނދަނީ މަގުން އަސްރަފީ ބުކްޝޮޕް ކުރިމަތީގައި ހުންނަ މއ. ޖަވާހިރިއްޔާގެ ފުރަތަމަ ބުރީގައި ހިންގާ ޔޫރޯ ސްޓޯރުގެ އޮފީހަށް ވަގުން ވަދެ ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގެ ރިޕޯޓު ލިބިފައި ވަނީ ހެނދުނު ކަމަށެވެ. ނަމަވެސް ވަގަށް ނެގި ފައިސާގެ އަދަދާއި އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ނުދެ އެވެ.
ޔޫރޯ ސްޓޯރުގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ބަޔަކު ވަދެ ވައްކަން ކުރި މައްސަލައިގައި އެ އޮފީހުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރެއިން، މާލެ ސަރަހައްދުގައި ކޮންމެ ރެއެއްގެ 10 އިން ފަތިހު 5 އަށް ދަނީ ކާފިއު ހިންގަމުންނެވެ.
މޯލްޑިވްސް ކަރެކްޝަންސް ސަރވިސްގެ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ ޖުލައި މަހުގެ ނިޔަލަށް އެންމެ ގިނަ ބަޔަކު ބަންދު ކޮށްފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ.

ކިޔުންތެރިންގެ ހިޔާލު