ދިލްބަހާރުގައި މަގުގައި ހުންނަ ފިހާރައެއްގެ ތެރޭގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ ދިލްބަހާރު މަގުގައި ހުރި ފިހާރައެއްގައި ހުރި މީހަކަށް މިދިޔަ ހުކުރު ދުވަހުގެ ރޭ ތޫނު އެއްޗަކުން ޙަމަލާދިން މައްސަލާގައި މިމަހުގެ 6 ވަނަ ދުވަހު އުމުރުން 37 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެމައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ މއ. މަސްފަން، މުނީޒެވެ.
“މި މައްސަލަ އާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އޮކްޓޫބަރު 7 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި.” ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުޤީޤު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު