އެންމެ މުހިއްމު މަގުސަދަކީ އަޅާލާ އޯގާތެރި މުޖުތަމައެއް ބިނާކުރުންކަަމަށް މާލޭގެ މޭޔަރު އަލީ އާޒިމް ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގެ ރައްޔިތުންގެ ހާލު ބެލުމުގެ ގޮތުން ކުރިއަށް ގެންދަން ނިންމާފައިވާ ސަރވޭ ފައްޓަވައި ދެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ ކައުންސިލްތަކުން ރައްޔިތުން ގާތަށް ގޮސް، ރައްޔިތުންގެ ހާލު ބެލުމަކީ ކޮންމެ ދުވަހަކު ވެސް ކުރަންޖެހޭނެ ކަމެއްކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

އެހެންކަމުން މިއަދު މި ފަށާ ސަރވޭގެ މަސައްކަތުގައި ރައްޔިތުން ދެއްވާ މަޢލޫމާތުން، އެކި ގޭބިސީތަކުގައި ދިރިއުޅުއްވާ އެކި ކަހަލަ އެހީތެރިކަމަށް ބޭނުންވާ ރައްޔިތުން ދެނެގަނެވޭނެކަމަށާއި، އޭގެ ސަބަބުން އެ ފަރާތްތަކަށް އެހީތެރިވެދިނުމަށް މާލެ ސިޓީކައުންސިލުން ކުރަން ޖެހޭ އަދި ކުރެވޭނެ ކަންތައްތަކަކީ ކޮބައިކަން ދެނެގަނެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އަމަލީގޮތުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ އެ ސާވޭގެ މަސައްކަތް، ކޮންމެ ހަފުތާއެއްގެ ހޮނިހިރު އާދީއްތަ ބުދަ މި 3 ދުވަހު ދެ ދަންފަޅީގައި އޮންނާނެއެވެ.

މި މަސައްކަތުގައި މާލެ ސިޓީގައި ހިމެނޭ، 18 ދާއިރާ، 6 މަސް ދުވަހަށް ބާހާލައިގެން، ފަހަރަކު ދާއިރާއެއް ނިންމަމުންގޮސް، ހުރިހާ ދާއިރާއަކަށް މާލެ ސިޓީގެ އަންހެނުންގެ ކޮމެޓީގެ ބޭފުޅުން ޒިޔާރަތްކުރާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ސާވޭގެ މަޢުލޫމާތު އެއްކުރެވުމަށް ވަޑައިގަންނަވާ ބޭފުޅުންނަށް، ފުރިހަމަ މައުލޫމާތު ދެއްވުމަށް ވެސް މޭޔަރު އެދިވަޑައިގެންނެވިއެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން