ހުރިހާ ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރެވޭގޮތަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅަން ނިންމައިފި އެވެ.

މިހާރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރަނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ނަމަވެސް މިއީ އެންމެ ކަމުދާ ގޮތެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިދާޅުވެފައި ވެއެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ހަސަން ޒަކަރިއްޔާ "ރަސް"އަށް ވިދާޅުވީ މިހާރު ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރާ އުސޫލު ބަދަލުކުރަން ސިިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން މި ހަފްތާގައި އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

ސިޔާސީ ހުރިހާ ޕާޓީތަކަށް ފައިސާ ދޫކުރުމާ ގުޅޭ ގޮތުން މީގެ ދެ އަހަރު ކުރިންވެސް މަޝްވަރާކުރި ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. އަދި މި ފަހަރު އެ އިސްލާހު ގެންނަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ ކުރިން އަނެއްކާވެސް އެކަމާ މެދު ޕާޓީތަކާއެކު މަޝްވަރާކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ޒަކަރިއްޔާ ވިދާޅުވީ މިއިސްލާހާއެކު 3000 ހަމަވާ ކޮންމެ ޕާޓީއަކަށް ވެސް ފައިސާ ލިބޭނެ ކަމަށެވެ. އެގޮތުން ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ ތެރެއިން ކޮންމެ ޕާޓީއަކަށް ވެސް 25 ޕަަސެންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި 10،000 ހަމަވާ ކޮންމެ ޕާޓީއަކަށް ވެސް ސިޔާސީ ޕާޓީތަކަށް ދައުލަތުން ދޭ ފައިސާގެ ތެރެއިން ކޮންމެ ޕާޓީއަކަށް ވެސް 25 ޕަަސެންޓް ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގޮނޑި ނަގާ ނިސްބަތުން 30 ޕަސެންޓް އަދި ލޯކަލް ކައުންސިލް އިންތިހާބުން ގޮނޑި ނަގާ އަދަދަށް ބަލައި 20 ޕަސެންޓް އިތުރަށް ލިބޭނެ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން