ބ. އަތޮޅު ކައުންސިލްގެ ފަރާތުން އެ އަތޮޅުގެ ރަށްތަކުގައި ކުރިއަށް ގެންދަން މިއަދު ފެށި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު އަކީ ވަރަށް ތަހްޒީބު މަސައްކަތެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ މިއަދު ހެދުނު އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއު އިފްތިތާހް ކުރުމަށް ބ. ކުޑަރިކިލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ، ބ. އަތޮޅުން އިސްނަގައިގެން ފެށި މި މަޝްރޫއަކީ ރާއްޖޭގެ ހުރިހާ އަތޮޅު ތަކަކަށްވެސް މިއަދު މިކަންކަމާދޭތެރޭގައި ވިސްނާ ފިކުރުކުރަންޖެހޭ ކަމެއް ކަމަށާއި އަދި އަތޮޅުގެ ކަންކަން ކުރިއަށް ގެންދިއުމުގައި 21 ވަނަ ގަރުނުގައި ވިސްނުމާއި ފިކުރު ގެންގުޅެންވީ ގޮތުގެ މައްޗަށް ރިއާޔަތްކުރުމަށް މުހިންމު މިސާލަކަށް ވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ރަށްރަށުގައި ދިރިއުޅެމުން ގެންދާއިރު ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ހުރިހާ ފަރާތްތަކުން ވެސް ވިސްނަންޖެހޭނެ ކަމަށާއި އެކަމަށް ޓަކައި އެމީހަކަށް ފަރުދީ ގޮތުން ކުރެވެން އޮތް ކަމެއް ކުރުން މުހިންމުކަމަށެވެ.

"ތިޔަ ބޭފުޅުންގެ ވިސްނުންފުޅު މިއަދު މިފަދަ މަޝްރޫއުއަކަށް މުޅިއަތޮޅަށް މިކަން ހާއްސަކުރައްވައިގެން ފައްޓަވާ ކަމީ އެހެން އަތޮޅު ތަކުގައިވެސް ފިކުރު ތަހްޒީބުގެ ވިސްނުން އޮތް ކަމުގައި ވިޔަސް މީގެ ރީތި ނަމާއި ޝަރަފް މުޅި ބ. އަތޮޅަށް ލިބިގެންދާ ވަރަށް ތަހްޒީބް ހަރަކާތެއްގެ ގޮތުގައި އަޅުގަނޑު މިހަރަކާތް ފާހަގަކުރަނީ." މިނިސްޓަރ ވިދާޅުވިއެވެ.

ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ އިއާދަކުރަނިވި ހަކަތައިގެ މި މަޝްރޫއުގެ ދަށުން އެއަތޮޅު ކޮންމެ ރަށެއްގެ ރަށުކައުންސިލް އިދާރާގައި 15 ކިލޯވޯޓްގެ ސޯލާ ޕީ.ވީ ސިސްޓަމެއް ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން