ފެނަކައިން ބ. ކެންދޫގައި ޤާއިމް ކުރަމުންދާ އައު އިންޖީނުގެ އާއި ފެނަކަ އޮފީސް އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

އެރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތް ފުޅާ ކުރުމަށާއި ފެނަކައިން ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަޤްސަދުގައި ކުރިއަށް ދާ މި މަޝްރޫޢުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އެގޮތުން، އޮފީސް އިމާރާތުގެ ދޮރުތައް ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ސީލިންގގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ އައު އިންޖީނުގޭގައި މިހާރު ކުރިއަށް ދަނީ މައި ތާނގީ ބެހެއްޓުމުގެ މަސައްކަތްކަމަށެވެ.



މި އަހަރުގެ ނޮވެމްބަރ މަހުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް އަމާޒު ކޮށްފައިވާ މި މަޝްރޫޢު ނިމުމުން، މިހާރު ދެމުންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި، އެރަށުގެ އާއްމު ރައްޔިތުންގެ އިތުރުން ވިޔަފާރިތަކަށްވެސް އޭގެ ނަފާ ލިބިގެންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން