ފެނަކަ އާއި އޭސީސީން ބޭއްވި ބައްދަލުވުން
ފެނަކަ އާއި އޭސީސީން ބޭއްވި ބައްދަލުވުން
އޭސީސީގެ ލަފާގެ މަތިން ފެނަކައިގެ ކަންކަން ހަރުދަނާ ކުރަން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަނުން މިއަދު ބުނީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ އިސްބޭފުޅުންނާއެކު އެ ކުންފުނީގެ އިސްފަރާތްތަކުން އިއްޔެ ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން އެބައްދަލުވުމަކީ އޭސީސީގެ ތަޖުރިބާގެ އަލީގައި، ފެނަކައިގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އެކުލަވާލަންޖެހޭ ސްޓްރެޖީތަކާމެދު މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށް ފެނަކައިން ބުނެފައިވެއެވެ.

އޭގެ އިތުރުން ފެނަކައިން ބުނީ އެކުންފުނީގެ މަސައްކަތްތައް ނަޒާހަތްތެރިކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް މެނޭޖްމަންޓުން ކުރާނެ ކަމަށެވެ.



ފެނަކައިން މިހެން ބުނެފައިވާއިރު ފެނަކައިގެ ކުރީގެ މެނޭޖްމަންޓާ ގުޅޭ ކޮރަޕްޝަންގެ އެތައް މައްސަލައެއް އޭސީސީން ދަނީ ބަލަމުންނެވެ. އަދި ކުރީގެ މެނޭޖްމަންޓުން އެކުންފުނި 1.7 ބިލިއަން ރުފިޔާއިން ދަރުވާލާފައި ކަމަށް މިހާރުގެ މެނޭޖްމަންޓުން މީގެ ކުރިން ބުނެފައިވެއެވެ.

ހަމައެއާއެކު ދާދިފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ފެނަކައަކީ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏަކަށް ހެދުމަށް ނިންމަވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން