ނިލަންދެއަތޮޅު ދެކުނުބުރީގައި ދިވެހި ވިސާގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް އިމިގްރޭޝަނާއި އެއަތޮޅު އަތޮޅު ކައުންސިލުގެ މެމްބަރުންނާ މަޝްވަރާކޮށްފިއެވެ.

އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ނިލަންދެއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލު މެމްބަރުންނާއި އެހެނިހެން އިސްބޭފުޅުންނާއި އާއެކު ކުޑަހުވަދޫގައި ބައްދަލު ކޮށްފައިވާ ކަމަށެވެ. މިއަދު ކުރިޔަށް ދިޔަ މި ބައްދަލުވުމުގައި އިމިގްރޭޝަންގެ ކޮންޓްރޯލަރ ޖެނެރަލް މުހައްމަދު ޝައްމާނު ވަހީދާއި، ޑެޕިއުޓީ އިމިގްރޭޝަން ކޮންޓްރޯލަރ އަޙްމަދު އަޝްފާނު އަދި ކުޑަހުވަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސް މެމްބަރު ޙުސައިން ޙަމީދު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ބައްދަލުވުމުގައި ނިލަންދެއަތޮޅު ދެކުނުބުރީގައި ޕާސްޕޯޓްގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

އިމިގްރޭޝަން ކޮންޓްރޯލަރ ޖެނެރަލް ޝައްމާނު ވިދާޅުވީ މިހާރުވެސް ރާއްޖޭގެ ހުރިހާ ސިޓީތަކުގެ އިތުރުން ދިއްދޫގައި ވެސް މި ޚިދުމަތްތަށް ލިބެން ހުންނާނެ ކަމަށާއި އަމާޒަކީ 2025 ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސްް ދިވެހިރާއްޖޭގެ ޕާސްޕޯޓް ލިބޭނެ އިންތިޒާމު ހަމަޖެއްސުން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން