ރޭ އަވަހާރަވި އިންޑިއާގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޓާޓާ ކުންފުނީގެ ކުރީގެ ޗެއާމަން ރަތަން ޓާޓާއަކީ ކާމިޔާބު ވިޔަފާރިވެރިއެއް ކަމަށާއި އޭނާއާ އެކު ދެކެވުނު ވާހަކަތަކުން ފައިދާވިކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރަތަން އަވަހާރަވީ އުމުރުން 86 އަހަރުގަ އެވެ.
ރައީސް ނަޝީދު އެކްސްގައި ވިދާޅުވީ ރަތަން އަވާހަރަވަމުން ހިތާމަފާޅުކުރަމުންދާއިރު އޭނާއަކީ ވިޔަފާރީގައި ވަރަށް ރަނގަޅު ވިސްނުންތަކެއް ގެންގުޅުއްވި ވަރަށް ކާމިޔާބު ވިޔަފާރިވެރިއެއް ކަަމަށެވެ.
ރަތަންއާއެކު ރައީސް ނަޝީދު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރަަތަންއާއެކު ގިނަ ވާހަކަ ތަކެއް ދެކެވިފައި ހުންނާނެ ކަމަށާއި އަދި އެއިން ފައިދާތަކެއްވެސް ލިބިވަޑައިގެންނެވި ކަމަށެވެ.
ހަމަ އެހެންމެ ވިޔަފާރިއާއި މޫސުމާ ގުޅޭ ކަންކަމުގައި ރަތަން ވަރަށް މައުލޫމާތު މުއްސަނދިކަން ފާހަގަކުރެވުނު ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދަކީ ޓާޓާ ކުންފުންޏާ ވަރަށް ގުޅުން ބޮޑު ބޭފުޅެކެވެ. އެގޮތުން އެމަނިކުފާނުގެ ވެރިކަމުގައި ވަނީ ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިން ޓާޓާ ކުންފުންޏަށް ދީގެން އެ ބިންތަކުގައި ފްލެޓްތަކެއް ވެސް އިމާރާތްކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު