ފޮޓޯ: ފުލުހުން
ފޮޓޯ: ފުލުހުން
މާލޭގެ މަޖީދީމަގުގައި އަނިޔާތަކަކާއެކު އޮތް މީހަކު ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ މާލޭގެ މަޖީދީމަގުގައި ހުންނަ “ސޮރީ ބޯއި” ފިހާރަ ކައިރީ އަނިޔާތަކާއެކު ފިރިހެނަކު އޮތްކަމުގެ ރިޕޯޓް ރޭ 1:25 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެއީ ދިވެއްސެއްކަމަށާއި، އެމީހާ އައިޖީއެމްއެޗަށް ގެންގޮސް ފަރުވާދިނުމަށްފަހު މިއަދު ހެނދުނު 6:19 ގައި ދޫކޮށްލާފައިވާ ކަމަށެވެ.

އެމީހާއަށް އަނިޔާވެފައި ވަނިކޮށް ފުލުހުން އެމީހާއަށް އެހީތެރިވާ ވީޑިއޯއެއް މީސްމީޑިއާގައި މިހާރުދަނީ ދައުރުވަމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހްގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން