ރާއްޖެ އެތެރެކުރަން އުޅުނު 3.4 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އަތުލައިގަތީ 2.4 ކިލޯގެ ކޮކެއިންއާއި 1.04 ކިލޯގެ ހެރޮއިން އެވެ.

އޭގެ ތެރެއިން ކޮކެއިން އަތުލައިގަތީ މިދިޔަ ހޮނިހިރުގައި ބްރެޒިލް އިން ރާއްޖެއައި އެގައުމުގެ 33 އަހަރުގެ އަންހެނެއްގެ ލަގެޖުންނެވެ. އޭގެ މޫނުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނީ ހެރޮއިން އަތުލައިގަތީ ޕޯސްޓް މެދުވެރިކޮށް މިދިޔަ ހޯމަ ދުވަހު ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. ކަސްޓަމްސްއިން ލަފާކުރާ ގޮތުން އޭގެ އަގު އެއް މިލިއަން ސާޅީސް ހާހަށް އަރާނެއެވެ.

އެ މައްސަލައިގައި ބްރެޒިލްގެ އަންހެން މީހާއާއި ޕޯސްޓް ޕެކޭޖު ބަލާދިޔަ 40 އަހަރުގެ ފިރިހެނަކު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން