އަހުޒަމް އަޙްމަދު   10 އޮކްޓޯބަރު 2024 - 12:41
ޕިކަޕު ބެޓެރީ ވަގަށް ނަގާ ބަޔަކު ހައްޔަރު ކޮއްފި އެވެ.

ފުލުހުން މިއަދު މީޑީއާތަކަށް ފޮނުވި މެސެޖުގައި ބުނީ މިއަދު ހެނދުނު 6:54 ހާއިރު ފަރީދީމަގާއި ޗާންދަނީ މަގާ ގުޅޭ ހިސާބުން ދުއްވާފައި ދިޔަ ޕިކަޕެއްގައި ތިބި ބަޔަކާ މެދު ތުހުމަތު ކުރެވޭތީ ހުއްޓުވައި ބަލައި ފާސްކުރި ކަމަށެވެ.

އަދި އެ މީހުންގެ އަތުން 12 ޕިކަޕް ބެޓެރީ ފެނުނު ކަމަށް ފުލުހުން ބުނެފައި ވެއެވެ.

ޕިކަޕްތަކުން 12 ބެޓެރީ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ ދެމީހުންނެ.

އެ މައްސަލައިގައި ހައްޔަރުކުރީ ސ. މަރަދޫފޭދޫ، މާކަރީ ލައިޓް، އަލީ އަހުސަން، 32، އާއި ސ. ފޭދޫ، އަނަސް، މުހައްމަދު ނާޒީދު، 43، އެވެ.

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން