މޭޔަރު އާދަމް އާޒިމް--
މޭޔަރު އާދަމް އާޒިމް--
ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަކާދަ އާލާކުރަން މާލޭގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 2 ވަނަ ޤުރުއާން ކިޔެވުމުގެ މުބާރާތައި މަދަހަ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އާދަމް އާޒިމް ވިދާޅުވީ އިންސާނުން މުޖުތަމައެއްގެ ގޮތުގައި އުޅެމުން އަންނައިރު، އެ ބައެއްގެ ތެރޭގައި އާދަކޮށް ކުރަމުން އަންނަ ކަންތައް ބަދަލު ވަނީ އާދަކާދައަށް ކަމަށެވެ.

އަދި އެ އާދަކާދަ އެއްވުމުން އުފެދެނީ ސަގާފަތެއް ކަމަށާއި އެހެން ކަމުން އާދަކާދައާއި ސަގާފަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަކީ ޒަމާނާ ގުޅިގެން ބަދަލު ގެންނަންޖެހޭ ނުވަތަ ދޫކޮށްލަން ޖެހޭ ކަންތައްތައް ނޫން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދާކާދައަކީ ގަދީމީ ޒަމާނުއްސުރު ދިވެހިންގެ ތެރޭގައި އޮތް އާދަކާދައެއް ކަމަށެވެ.

އެހެންކަމުން އެކަން ދިރުވައި އާލާކުރަން ޖެހޭ ކަމަށް މޭޔަރު ވިދާޅުވި އެވެ.

"ކުރީ ޒަމާނެއެކޭ އެއްގޮތަށް، ކީތިރީ ގުރުއާނުގެ މޫރިތި އަޑުން، އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ މުސްލިމް މުޖުތަމުޢަށް ދިރުން ގެނައުމަށްޓަކައި، ދެ ނަމާދު ދޭތެރޭގައި ގުރުއާން ކިޔެވުމުގެ އާދަކާދާ ދިރުވައި އާލާކުރުމަށް އަޅުގަނޑު ދިވެހި ލޮބުވެތި އަޚުންނާއި އުޚުތުންނަށް އިލްތިމާސް ކުރަން." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވަނީ ކީރިތި ގުރުއާން އުނގަންނައި ދިނުމަށް، ބެލެނިވެރިން ކުރައްވާ މަސައްކަތަށް ތައުރީފް ވެސް ރޭ ކުރައްވާފައެވެ. އޭނާ ވިދާޅުވީ ޒަމާން ބަދަލުވެ ތަރައްގީވިޔަސް ބެލެނިވެރިން ހަމަ އެ ގޮތުގައި ތިބޭތީ އައްސަރިބަހާއި ސާބަސް ރައްދުކުރަންޖެހޭ ކަމަށެވެ.

"ސްކޫލުން ގުރުއާން ކިޔަވައިދޭ މިންވަރަށް ވުރެ އިތުރަށް، ގުރުއާން ކިޔަވައި ދިނުމަށް ޓަކައި، ކޮންމެ ވެސް ގުރުއާން ކުލާހަކަށް ދަރިފުޅު ފޮނުވާނެ. ނޫންނަމަ ގުރުއާން މުދައްރިސަކު ގެއަށް ގެނެސްގެން ގުރުއާން އުނގަންނައި ދޭނެ." މޭޔަރު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން