ސިނަމާލެ ބުރިޖުގެ ހައިވޭގައި ކުޑަކުއްޖަކު އަތަށް ސައިކަލުގެ ހުންގާނު ދީގެން ދުއްވި މައްސަލައެއް ފެންމަތިވެއްޖެ އެވެ.
އެ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި މިހާރު ވަނީ ވައިރަލްވެސްވެފަ އެވެ.
އެ ވީޑިއޯއިން ފެންނަނީ ފިރިހެނަކު ކުޑަކުޑަ ފިިރިހެން ކުއްޖަކުއަތަށް ހުންގާނު ދީގެން އިނދެ ދުއްވާ މަންޒަރެވެ.
އެހެން ނަމަވެސް ހައިވޭ ކަހަލަ ތަނެއްގައި ކުޑަކުއްޖަކު އަތަށް ސައިކަލު ދުއްވަން ދަސްކޮށްދޭން ވެސް ހުންގާނު ދީގެން ދުއްވުމަކީ ވަރަށް ނުރައްކާކަމެއް ކަމަށް ބުނެ އާންމުންގެ ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.
ވީޑިއޯއިން ފެންނަގޮތުން އެ ކުއްޖާއަށް އަދި ވާނީ ގާތްގަނޑަކަށް ހަތަރެއް ނޫނީ ފަސް އަހަރެވެ.
އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ އެ މައްސަަލަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އަދި މައްސަލަ ބަަލަމުންދާ ކަމަށެވެ.
އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު