ރައީސް ޞާލިޙްގެ އަރިހުގައި ޝާހިދު (ކ) ކުޅުދުއްފުށި ސިޓީގައި
ރައީސް ޞާލިޙްގެ އަރިހުގައި ޝާހިދު (ކ) ކުޅުދުއްފުށި ސިޓީގައި
އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމުގެ ފައިދާ ރައްޔިތުންނަށް ކަށަވަރުކޮށްދިން ޕާޓީ ކަމަށް އެމްޑީޕީގެ ރައީސް ޢަބްދުالله ޝާހިދު މިއަދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިބީދައިން ވިދާޅުވެފައިވާއިރު އިދިކޮޅު އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސް، "ލާމަރުކަޒީ ގުޅުން" ކުޅުދުއްފުށި ސިޓީގައި މިއަދު ވަނީ ފަށައިފައެވެ. އަދި އެ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަތުމަށް ޝާހިދުވެސް މިވަގުތު ހުންނެވީ ކުޅުދުއްފުށި ސިޓީގައެވެ.

އެމްޑީޕީގެ ކައުންސިލަރުންގެ ކޮންފަރެންސަށް އިޝާރާތް ކުރަށްވަމުން ޝާހިދު މިއަދު ވިދާޅުވީ ދިވެހިރާއްޖެއަށް ޒަމާނީ ލާމަރުކަޒީ ނިޒާމު ތަޢާރަފްކޮށް، އެނިޒާމުގެ ފައިދާ ރައްޔިތުންނަށް ލިބިދެވޭކަން ކަށަވަރުކޮށްދިން ޕާޓީއަކީ އެމްޑީޕީ ކަމަށެވެ.

“މިކޮންފަރެންސްގައި މުހިއްމު މަޝްވަރާތަކެެއް ކުރެވި، ތަނަވަސް ޚިޔާލުތަކެއް ބަދަލުކުރެވޭނެ.” ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު މިހެން ވިދާޅުވެފައިވާއިރު މިއީ އުތުރުގެ ތިން އަތޮޅުގައި ތިއްބެވި އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރުންނާއި ޑަބްލިޔުޑީސީގެ މެންބަރުން ހިމެނޭގޮތަށް 80 ފަރާތަކުން ބައިވެރިވެ ވަޑައިގަންނަވާ ކޮންފަރެންސެކެވެ.



މި ކޮންފަރެންސްގައި ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރާއްޖޭގެ 5 ސިޓީގެ މޭޔަރުންނާއި އެމްޑީޕީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންވެސް ދަނީ ބައިވެރިވެ ވަޑައިގަންނަވަމުންނެވެ.

މިއަދުގެ ކޮންފަރެންސްގައި ސަރުކާރުގެ ޢަމަލުތަކުގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކައުންސިލްތަކުގެ މާލީ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް އެމްޑީޕީން ހާމަކޮށްފައިވެއެވެ.

މިއީ މިދިޔަ ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިހާބުގައި ލިބުނު ނާކާމިޔާބަށްފަހު ފަހު، މިފަދަ ބޮޑު ހަރަކާތެއް އެމްޑީޕީން ބާއްވާ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން