އިމިގްރޭޝަނުން ހިންގާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިއަދު ހުޅުމާލޭގެ ދިހަ ތަނެއް ބަލައި ފާސްކޮށް ނުވަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފިއެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އިމިގްރޭޝަނަކާއި ކަމާބެހޭ އިދާރާތަކުން ގުޅިގެން ހިންގާ ޚާއްޞަ އޮޕަރޭޝަންގެ ދަށުން މިއަދާ ހަމައަށް މާލެ އާއި ހުޅުމާލޭގެ ގިނަ ތަންތަނެއް ބަލައި ފާސްކޮށްފައިވާއިރު ގިނަ ބަޔަކު ވަނީ ޑީޕޯޓްވެސް ކޮށްފައެވެ.

މި އޮޕަރޭޝަންތަކުގައި އިމިގްރޭޝަނުން ވަނީ ހުއްދަ ނެތި ބިދޭސީން ހިންގާ ވިޔަފާރިތަކާއި ސާފުތާހިރުކަން ކުޑަކޮށް ކާތަކެތި އުފައްދާ ގިނަ ތަންތަން ބަންދުކޮށް ހުއްޓުވާފައެވެ. އަދި މިފަދަ މައްސަލަ ތަކުގައި ސަރުކާރުގެ އިދާރާތަކާއި ގުޅިގެން އެފަދަ ފަރާތްތަކަށް ފިޔަވަޅުތައްވެސް އަޅާފައިވާކަން ފާހަގަ ކުރެވެއެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އަތުލައިގަތުމުގެ އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައިކަން ފާހަގަ ކުރެވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން