ހަނީމޫނަށް ރާއްޖެ ޒިޔާރަތްކުރި ދެ ފަތުރުވެރިންގެ ތެރެއިން ފިރިހެން މީހާ ސްނޯކްލިން އަށް ގޮސް އުޅެނިކޮށް މަރުވި ހާދިސާއެއް ފެންމަތިވެއްޖެއެވެ.

މި ހާދިސާ ހިނގީ މި މަހުގެ ހަތްވަނަ ދުވަހު މާފުށީގައެވެ.

މިފަދަ ހާދިސާތަކުގެ މައުލޫމާތު މީގެ ކުރިން ފުލުހުން ގެންދިޔައީ ހާމަކުރަމުންނެވެ. ނަމަވެސް، މި ހާދިސާގެ މައުލޫމާތު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މޫސުން ގޯސް ކަނޑުގަދަ ދުވަހެއްގައި އެ ދެ މީހުން ސްނޯކްލިންއަށް ދިޔައީ އެ މީހުންނާއި ހަވާލުވެތިބި އެޖެންޓުން އެ ދުވަހުގެ ސްނޯކްލިން ކެންސަލް ކޮށްފައިވަނިކޮށް އެ ހިދުމަތްދޭ އެހެންބަޔަކު ސްނޯކްލިން އަށް ދަނިކޮށް ފެނިގެން އެމީހުނާއިއެކުއެވެ.

މުޅީންއަލަށް ރާއްޖެ ޒިޔާރަތްކުރި މި ދެ ފަތުރުވެރިން އެ ދުވަހު ސްނޯކްލިން އަށް ގޮސް އުޅުނުއިރު ގިނަ އަދަދެއްގެ ފަތުރުވެރިން ވެސް އެމީހުނާއެކު ދިޔަކަމަށްވެއެވެ. ނަމަވެސް، އެ މީހުނާއި ހަވާލުވެތިބީ މަދު ދިވެހީންކޮޅެއްކަމަށް އެ ރަށުން މައުލޫމާތު ދީފައިވެއެވެ.

ލައިފްޖެކެޓް އަޅުވައިގެން މޫދަށް ބޭލިނަމަވެސް، ދެމަފިރިންގެ ތެރެއިން ފިރިހެން މީހާ ގެއްލިފައިވާކަން އެނގުނީ އޭގެ އެތައް އިރެއްފަހުންނެވެ. އަދި ގެއްލިގެން މޫދު ސަރަހައްދު ހޯދަމުން ދަނިކޮށް އޭނާ ފެނުނީ މާފުށީ ގޮނޑުދޮށުގައި އޮއްވާކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގެ މާގިނަ މައުލޫމާތެއް ފުލުހުން މީޑިއާތަކަށް ހިއްސާ ކޮށްފައެއް ނުވެއެވެ. ފުލުހުން ބުނެފައިވަނީ އެ ފަދަ ހާދިސާއެއް ހިނގާފައިވާތީ އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން