3 ވަޒީރުން ހުވާ ކުރެއްވުމުގެ ދަރުބާރު
3 ވަޒީރުން ހުވާ ކުރެއްވުމުގެ ދަރުބާރު
ބައެއް ވުޒާރާތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނު ކުރެއްވި ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށައެޅުއްވުމާ ގުޅިގެން އެ ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ ދިރާސާ ކުރުމަށް ސަރުކާރުގެ މަސްއޫލިޔަތު އަދާކުރާ މިންވަރުބަލާ ކޮމިޓީއަށް މިއަދު ވަނީ ފޮނުވާފަ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހު ކެބިނެޓަށް ރައީސް ގެންނެވި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ފޮރިން މިނިސްޓަރ މޫސާ ޒަމީރު ފިނޭންސް މިނިސްޓަރަށް ބަދަލު ކުރެއްވުމާއި ހެލްތް މިނިސްޓަރ ޑރ. ޢަބްދުالله ޚަލީލް ފޮރިން މިނިސްޓަރުގެ މަޤާމަށް ބަދަލު ކުރެއްވުމެވެ.

އޭގެ އިތުރުން ހެލްތު މިނިސްޓަރުގެ ގެ މަޤާމަށް އަބުދުﷲ ނާޒިމް އިބްރާހީމް ވަނީ އައްޔަންކުރައްވާފަ އެވެ. އަބްދުالله ނާޒިމް މީގެކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޓެންޑް އޮން ޕަބްލިކް ޕޮލިސީގެ މަގާމުގަ އެވެ.

ޤާނޫނުއަސާސީގައި ބުނެފައިވަނީ ވަޒީރުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ މީހުންގެ ނަންތައް އެމީހުން އައްޔަނު ކުރެވޭ ދުވަހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި އެމަޖިލީހަށް ހުށަހަޅަންވާނެ ކަމަށެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ފަހުން ރައީސް މުއިއްޒުގެ ކެބިނެޓަށް ބަދަލު ގެންނެވި ފުރަތަމަ ފަހަރެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން