އާއިޝަތު އަޒީމާ
އާއިޝަތު އަޒީމާ
ރާއްޖެ އިން އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އިބްރާހިމް ޝަހީބުގެ ސަފީރުކަމުގެ ދައުރު ހަމަވެ، އެ މަގާމަށް ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވި އާއިޝަތު އަޒީމާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އަޒީމާ މީގެ ކުރިން ވަނީ ޗައިނާގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމުގެ މަގާމު 2019 އިން 2023 އަށް އަދާކުރަށްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިންޑިއާ ސަފީރުކަމަށް އަޒީމާ އައްޔަނު ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ވަނީ ފޮނުވާފަ އެވެ.

އިންޑިއާގައި ހުންނަވާ ސަފީރުކަމުގެ މަޤާމުގައި މިހާރު ހުންނެވި އިބްރާހިމް ޝަހީބު އެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ ކުރީގެ ރައީސް ޞާލިޙްގެ ސަރުކާރުގައި ނޮވެމްބަރު 2022 ގައެވެ.

ފޮރިން ސާވިސް ގާނޫނު ބުނާގޮތުން، ސަފީރުކަމުގެ މަގާމުގައި ބޭފުޅަކަށް ހުންނެވޭނީ ތިން އަހަރުގެ މުއްދަތަށެވެ. ސަފީރު ކަމުގައި ޝަހީބުގެ ތިން އަހަރުގެ މުއްދަތު މިހާރު ވަނީ ހަމަވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން