އަބްދުލްހަސީބް އިސްމާއީލް
އަބްދުލްހަސީބް އިސްމާއީލް
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤްގެ ދައުރު ހަމަވާތީ އީސީގެ މެންބަރު ކަމަށް އަބްދުލްހަސީބް އިސްމާއީލް ހަމަޖެއްސުމަށް އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

އީސީގައި ފުއާދުގެ ދައުރު ހަމަވާނީ އަންނަ މަހުގެ 24 އަށެވެ.

އީސީގެ މެންބަރުކަމަށް ހަސީބް ޢައްޔަނު ކުރުމަށްޓަކައި އޭނާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒެވެ.

މިއަދުގެ ޖަލްސާގައި ވަނީ އީސީއަށް ހަސީބު އައްޔަނު ކުރުމުގެ މައްސަލަ އިތުރަށް ދިރާސާކުރަން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވާފަ އެވެ.

ހަސީބު މި ވަގުތު ހުންނެވީ އީސީގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގަ އެވެ. ހަސީބް މީގެ ކުރިން ވަނީ އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކެރްޓަރީގެ މަގާމް އަދާކުރަށްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ގާނޫނު ބުނާ ގޮތުން އީސީގެ މެންބަރުކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. އަދި، އިތުރު ފަސް އަހަރަށް ވުރެ ދިގުނުވާ ގޮތަށް މެންބަރުކަމުގެ މުއްދަތު އިތުރުކުރެވިދާނެ ކަމަށް ގާނޫނުގައި ބުނެއެވެ.

ފުއާދުގެ އިތުރުން އީސީގެ މެންބަރުކަމުގައި ތިއްބަވަނީ ނައިބު ރައީސް އަލީ ނަޝާތާއި، ޑރ. މުހައްމަދު ޒާހިރު، މުހައްމަދު އާސިފް އަދި ހަސަން ޒަކަރިއްޔާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން