ކެފޭ އުސޫލުން މަސްތުވާތަކެތި ވިއްކުމުގައި އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުން އެނގޭ ގޮތުން އެ މައްސަލައިގައި ހައްުޔަރުކުރީ މާލެ، މ. ރޫބީ، ހުސެއިން ނިޔާޒް، 35 އާއި މާލެ، ގ. ޕާކަރުހައުސް، އަބްދުﷲ ޖިނާހު، 28 އެވެ.

ބަންދު އަމުރުގައިވާ ގޮތުން އެ ދެ މީހުން ހައްޔަރުކުރީ މަސްތުވާތަކެތީގެ ވިޔަފާރި ކެފޭގެ އުސޫލުން ކުރަމުން ދިޔަ ތަނަކުން ނެވެ. އަދި އެ ތަނުން މަސްތުވާތަކެތި ފެނުނުއިރު އެ މީހުން ކުޑަކަމުދާތަކެތި މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ވެސް އަމުރުގައި ބުނެފައި ވެއެވެ.

ކުށުގެ ރެކޯޑު އޮންނަ އެ ދެ މީހުންވެސް ވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ހަތް ދުވަހު ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އަމުރުކޮށްފަ އެވެ.

ކެފޭ އުސޫލުން ފުޅާ ދާއިރާގައި ވިޔަފާރިކުރާ ތަންތަން މީގެ ކުރިންވެސް ފުލުހުން ރެއިޑްކޮށްފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން