ފޭކު 500 ރުފިޔާގެ ނޫޓެއް މާރުކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.
ކްރިމިނަލް ކޯޓުން ރޭ ނެރުނު ބަންދު އަމުރުގައިވާ ގޮތުން އެ މައްސަލައިގައި ހައްޔަރުކުރީ މ. ރަތްލިލީގެ/ އަބްދުﷲ ސައީދު (54އ.) އެވެ.
ބަންދު އަމަރުގައިވާ ގޮތުން އޭނާ އުޅުުނީ އެ ފޭކު 500 ރުފިޔާގެ ނޫޓު ކެފޭއަކަށް މާރު ކުރުމަށެވެ. ނަމަވެސް އެއީ މީހަކު ބުނެގެން މާރުކުރަން އުޅުނު އެއްޗެއްކަމަށާއި އެއީ ސަައްހަ ނޫން ނޫޓެއްކަން ނޭނގޭ ކަމަށް އޭނާ ބުނެފައިވާ ކަމަށް ބަންދު އަމުރުގައި ވެއެވެ.
އޭނާއާ ދެކޮޅަށް އެެކަށީގެންވާ ވަރަށް ހެކި ހުށަހަޅާފައިވާ ކަަމަށް ވެސް ބަންދު އަމުރުގައި ބުނެފައި ވެއެވެ.
އެހެންވެ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިން ދުވަސް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން ވަނީ އަމުުރުކޮށްފަ އެވެ.

ކިޔުންތެރިންގެ ހިޔާލު