ކޫއްޑޫގައި މަސައްކަތްކުރާ މުވައްޒަފަކަށް ގަނާ ކުރަމުންދާ މައްސަލައެއް ބަލަމުންދާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ މިފްކޯ އިން ހާމަކޮށްފިއެވެ.
މިފްކޯ އިން މިހެން ބުނެފައިވާއިރު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގައި މަސައްކަތް ކުރާ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތަކަށް އެތަނުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންތަކެއް ގަނާ ކުރާކަމަށް ޢާއިލާއިން ވަނީ ބުނެފައެވެ.
އެގޮތުން ޚާއްސަ އެހީއަށް ބޭނުންވާ ފަރާތުގެ ކޮއްކޮ މީސްމީޑިއާގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާގެ ދޮންބެއަށް، ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ގަނާ ކުރަމުން ގެންދާތާ ވަރަށް ދުވަސް ވެފައިވާ ކަމަށެވެ. އެގޮތުން ދޮންބެއަށް އެކި ނަންނަމުން ގޮވައި، ދޮންބެގެ ބޮލުގައި ތަޅާ ކަމަށާއި މިފަދަ ގަނާކުރުންތަކަކީ ކޫއްޑޫގައި އާއްމު ކަމެއް ކަމަށް އެފަރާތުން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން މިފްކޯއިން މިއަަދު ބުނީ ކޫއްޑޫގައި މަސައްކަތް ކުރާ މުވައްޒަފަކަށް ގާނާ ކުރަމުންދާ މައްސަލައެއް އެ ކުންފުނިން ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ފުރިހަމައަށް ބެލުމަށްފަހު އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅާނެ ކަމުގެ ޔަގީންކަން މިފްކޯއިން ވަނީ ދީފައެވެ.
“މުވައްޒަފުންނަށް ގަނާ ކުރުމާއި އެނޫންވެސް ފުރައްސާރައިގެ އަމަލުތަކަކީ މި ކުންފުނިން ޓޮލެރޭޓް ކުރާނެ ކަމެއް ނޫން ކަމުގައި ދަންނަވަން.” މިފްކޯގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ކޫއްޑޫގައި ގަނާ ކުރާ މައްސަލަ މީސް މީޑީއާ އަށް ތިލަކުރި ފަރާތުން އިތުރަށް ބުނެފައިވަނީ އޭނާ ޖެހި ޕޯސްޓާ ގުޅިގެން ކޫއްޑޫގެ އިދާރީ މުވައްޒަފުންނާއި އެހެނިހެން މުވައްޒަފުން އޭނާގެ ދޮންބެއަށް ގުޅާ ވަރަށް ބޮޑަށް ޕްރެޝަރު ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު