މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ މުރައިދޫ ގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން މަޖިލީހުގެ 241 ކޮމިޓީން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ‘މުރައިދޫ’ ގޭގައި މަަސައްކަތްކުރާ މުވައްޒަފުންގެ ތަފްސީލު ހާމަކުރުމާ ގުޅޭ މައްސަލައިގައި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބާއްވާފައި ވަނީ ސިއްރު ބައްދަލުވުމެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓާ އެކުއެވެ. އެ މަޢުލޫމާތު ހާމަކުރުމަށް 4 މެންބަރަކު ވޯޓު ދެއްވިއެވެ.

މުރައިދޫގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށްފަހު ދައުލަތުގެ ތިންބާރުގެ ވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް 2021 ވަނަ އަހަރު ގެކޮޅު ހަމަޖައްސައިދިނުމަށް މަޖިލީހުން ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ހުންނެވި ގެކޮޅެވެ.

20 ވަނަ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން