އއ. ރަސްދޫ
އއ. ރަސްދޫ
އއ. ރަސްދޫ ގެސްޓްހައުސް އެއްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ ފަތުރުވެރިއެއް ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ އއ. ގަނގެހި ރިސޯޓު ބޭރަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު މަރުވެފައިވާ ކަމަށް އިއްޔެ 11:22 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި މަރުވެފައިވަނީ ރަސްދޫގެ ގެސްޓްހައުސްއެއްގައި ޗުއްޓީ ހޭދަކުރަމުން އައި އުމުރުން 27 އަހަރުގެ ޗައިނާ ފަތުރުވެރިއެކެވެ.

އެ މީހާ ހެލްތު ސެންޓަރަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހެލްތު ސެންޓަރާ ހަވާލާދީ ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ އެމައްސަލަ އިތުރަށް ބަލަމުންދާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން