ރައީސް ޑރ. މުޢިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރައީސް ޑރ. މުޢިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ މުރައިދޫ ގޭގެ މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން މަޖިލީހުގެ 241 ކޮމިޓީން ނިންމި ނިންމުން ބަދަލު ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަންގަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު ‘މުރައިދޫ’ ގޭގައި މަަސައްކަތްކުރާ މުވައްޒަފުންގެ ތަފްސީލު ހާމަކުރުމާ ގުޅޭ މައްސަލައިގައި، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން މިއަދު ބާއްވާފައި ވަނީ ސިއްރު ބައްދަލުވުމެކެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި 241 ކޮމިޓީން ނިންމި ނިންމުން ބަދަލު ކުރަން އެކޮމިޓީގެ ކުއްލި ބައްދަލުވުމެއް މިއަދު ހަވީރު 16:00 ގައި ބޭއްވުމަށް މިހާރު ވަނީ ތާވަލުކޮށްފައެވެ.

މުރައިދޫ ގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އެއްވެސް މައުލޫމާތެއް ހާމަނުކުރަން 241 ކޮމިޓީން މިއަދު ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ ތެރެއިން 5 މެންބަރުންގެ ވޯޓާ އެކުއެވެ. އެ މަޢުލޫމާތު ހާމަކުރުމަށް 4 މެންބަރަކު ވޯޓު ދެއްވިއެވެ.

މުރައިދޫގެއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ރައީސް މުޙައްމަދު ނަޝީދު ހުންނަވަނިކޮށް އެމަނިކުފާނަށް ދިން ބޮމުގެ ހަމަލާއަށްފަހު ދައުލަތުގެ ތިންބާރުގެ ވެރިންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް 2021 ވަނަ އަހަރު ގެކޮޅު ހަމަޖައްސައިދިނުމަށް މަޖިލީހުން ނިންމުމާއި ގުޅިގެން ރައީސް ނަޝީދު ހުންނެވި ގެކޮޅެވެ.

20 ވަނަ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް މުރައިދޫގެއަށް ބަދަލުވެވަޑައިގަތީ ޖުލައިމަހުގެ 26 ވަނަ ދުވަހުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން