ވެމްކޯއިން މިއަދު އިލެކްޓްރޯނިކްސް ކުނި ހިލޭ އުކައި ދޭން ނިންމައިފި އެވެ.

ވެމްކޯއިން ބުނީ މިއީ މިއަދު ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ އިލެކްޓްރޯނިކް ވޭސްޓް ދުވަހާ ގުޅިގެން ނިންމި ނިންމުމެއް ކަމަށެވެ. އެގޮތުން މިއަދު އިލެކްޓްރޯނިކް ވޭސްޓް ހިލޭ އުކައިދޭނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކަމަށް ވެސް ވެމްކޯއިން ބުނެފައި ވެއެވެ.

އެގޮތުން މިއަދު ހެނދުނު ނުވަޔަކުން މިރޭ ދިހައަކަށް ހިލޭ އެފަދަ ކުނި އުކާލައިދޭނެ ކަމަށް ވެސް ވެމްކޯއިން ބުނެފައި ވެއެވެ.

މިދިޔަ ރޯދަ މަހު މާލޭގެ މަގުތަކަށް ކުނި އަޅާތީ ރޯދަ މަހު ކުރީކޮޅު ބޮޑެތި ކުނި ހިލޭ ދެތިން ދުވަހު ހިލޭވެސް ވެމްކޯއިން ކުނި ނަގައިދިނެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން