ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ކާރިސީ ހިރާސްތައް ކުޑަކުރުމުގެ ދުވަހާ ގުޅުވައިގެން ފެނަކައިން ފުވައްމުލަކު ސިޓީގައި ޚާއްސަ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މިގޮތުން، ފުވައްމުލަކު ސިޓީގެ ފެނަކަ ބްރާންޗުގެ މުވައްޒަފުންނާއި އެ ސިޓީގެ މުވައްސަސާތަކުގެ ބައެއް ބޭފުުންނަށް ޚާއްސަކޮށް، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔުއާއި ގުޅިގެން ކުއްލި ޙާލަތްތަކަށް ތައްޔާރުވާނެ ގޮތުގެ މަޢުލޫމާތު ސެޝަންއެއް ވަނީ ބާއްވާފައެވެ. އަދި އަލިފާން ނިއްވާނެ ގޮތް ދަސްކޮށްދޭ ބޭސިކް ޓްރެއިނިންއެއްވެސް މި ޙަރަކާތުގައި ކުރިއަށް ދިޔައެވެ.

ކުއްލި ޙާލަތްތަކަށް ތައްޔާރުވުމަށް މުވައްޒަފުންނަށް ބޭނުންވާނެ ޢަމަލީ ތަމްރީނު ދިނުމަށްޓަކައި، އެމްއެންޑީއެފާއެކު މިހާރު ވަނީ މަޝްވަރާތައް ފަށާފައެވެ. އަދި ކުރިއަށް އޮތް އަހަރު ދުވަހަށް ބަހާލައިގެން މިފަދަ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް އެމްއެންޑީއެފާއެކު އެމްއޯޔޫއެއްގައި ސޮއި ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދާކަމަށް ފެނަކައިންބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން