ފްލެޓަށް ފޯމުލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށް ބުނެ ސްކޭމެއް ހިންގަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

ފުލުހުން މިއަދު އެކްސްގައި ބުނީ ގެދޮރުވެރިޔާ ސްކީމުން ފްލެޓްތަކަށް ފޯމު ލުމުގެ ފުރުސަތު އެޗްޑީސީން އަލުން ހުޅުވާލައިފިކަމަށާއި ފޯމް ވެބްސައިޓުން ލިބެން ހުންނާނެކަމަށް ބުނެ ލިންކެއް މިހާރު ދައުރުވަމުންދާ ކަމަށެވެ.

އެހެން ނަމަވެސް އެ ލިންކު ހިމެނޭ އެ މެސެޖަކީ ސައްހަ މެސެޖެއް ނޫން ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެކި ނަންނަމުގައި ސްކޭމްތައް ހިންގުން ވަނީ އާންމުވެފަ އެވެ.

އެގޮތުން ހައްޖު ކޯޕަރޭޝަންގެ އެމްޑީކަމަށް ބުނެ ފައިސާ ހޯދުމުގެ ސްކޭމެއް ވެސް ދާދި ފަހުން ވަނީ ހިންގައިފަ އެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން