ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ރައީސް ޑރ މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފި އެވެ.
ވޭޕާ ގުޅޭ އެ ނިންމުން ނިންމެވިކަން ރައީސް ހާމަކުރެއްވީ އިއްޔެ އެވެ.
އެކަމާ ގުޅޭ ގޮތުން ނާއިބު ރައީސް އެކްސްގައި ވިދާޅުވީ މިއީ ގައުމުގެ ޒުވާން ޖީލުގެ މުސްތަގުބަލްގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ހަރުދަނާ މުހިންމު ނިންމެވުމެއް ކަމަށެވެ.
"ރައީސްގެ މި ނިންމެވުން ދިވެހި ރައްޔިތުން ބަލައިގަންނަނީ ޝުކުރުވެރި ކަމާއެކު. ޝުކުރިއްޔާ ރައީސް." ނާއިބު ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ނިންމާފައިވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން އަންނަ މަހުގެ 15އިން ފެށިގެން މަނާ ކުރުމަށެވެ.
އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އެތަކެތި އިޝްތިހާރު ކުރުމާއި ހިލޭބެހުން އަންނަ ޑިސެމްބަރު މަހުގެ 15އިން ފެށިގެން މަނާވާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު