ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގީ އެއާޕޯޓުގެ ލަގެޖު އުފުލާ ވެހިކަލެއް ދުއްވާފައި ދަނިކޮށް ލައިޓާއި ކެމެރާ ހަރުކޮށްފައި ހުރި ސްޓްރަކްޗާއެއްގެ ބުޑުގަނޑުގައި ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓުގައި މަރުވީ އެ ވެހިކަލް ދުއްވަން އިން އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހާ އެންމެ ފުރަތަަމަ ގެންދިޔައީ ކްލިނިިކަކަަށް ކަމަށާއި އަދި ފަހުން މިއަދު 09:28 ހާއިރު އައިޖީއެމްއެޗަށް ގެންދިޔަ ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އެހެން ނަމަވެސް ކްލިނިކަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފައި ކަމަށް ރިޕޯޓްކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.

އޭނާ މަރުވި ނަމަވެސް އައިޖީއެމްއެޗަށް ގެންގޮސް ބެލިބެލުމުން ބޭރުފުށުން އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުނެފައި ވެއެވެ،

އެ ހާދިސާ އިތުރަށް ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން