ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ
ރޯހިތާއި އައްޕަތުރޭމެންގެ ދޮގަށްވުރެ ރައީސް ޑރ. މުޢިއްޒުގެ އޮޅުވާލުންތައް މާބޮޑު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަޙުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ޓެކްސްތައް ބޮޑުކުރުމުގެ ބިލުތަކުގެ ބަހުސްގައި ދީދީ މިއަދު ވިދާޅުވީ މީގެ ކުރިން ރައީސް ޑރ. މުޢިއްޒު ވަނީ ޓެކްސް ބޮޑު ކުރަން ނޫޅުއްވާ ކަމަށާއި ޢާމްދަނީ އިތުރުކުރަށްވާނީ ޓެކްސް ބޭސް ބޮޑުކޮށްގެން ކަމަށް ވިދާޅުވެފައި ކަމަށެވެ.

އެގޮތުން ޓެކްސް ބޭސް ބޮޑުކުރުމަކީ ވިޔަފާރިތައް އިތުރުކޮށް އެ ނިޒާމުގެ ތެރެއިން އާމްދަނީއަށް އިތުރުވާ ޓެކްސްތައް އިތުރު ކުރުންކަމަށް ރައީސް މުޢިއްޒު ވިދާޅުވިކަމަށް ދީދީ ވަނީ މިއަދު މަޖިލީޙުގައި ވިދާޅުވެފައެވެ.

އެހެންކަމުން ރައީސް މުޢިއްޒު ވަނީ ރައްޔިތުންނަށް އޮޅުވާ ލައްވާފައި ކަމަށާއި ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ދެއްކެވި ވާހަކައިގައި އެއްވެސް ހަގީގަތެއް ނެތްކަމަށްވެސް ދީދީ ވިދާޅުވިއެވެ.

“ފެނިގެން މިދަނީ ޓެކްސް ބޮޑު ކުރުމަށް ހުށަހެޅުއްވިތަން. ރޯހިތާއި އައްޕަތުރޭމެން ހަދަމުން ދިޔަ ދޮގަކީ ދިވެހިރާއްޖެއިން ނުފެންނާނެވަރުގެ ބޮޑެތި ދޮގުތައްކަމަށް ރައްޔިތުންނަށް ގަބޫލު ކުރެވިގެން ތިއްބައި މި ފެނުނީ ރައްޔިތުންގެ ރައީސެއްގެ ގޮތުގައި ވަޑައިގެންނެވި ބޭފުޅާ އެއަށްވުރެ ބޮޑެތި ދޮގު ހައްދަވާތަން.” މަޖިލީހުގައި ދީދީ މިއަދު ވިދާޅުވިއެވެ.

ދީދީ މިހެން ވިދާޅުވެފައިވާއިރު ސަރުކާރުން އިއްޔެ ވަނީ ފަތުރުވެރިން އަތުން ނަގާ ޓީޖީއެސްޓީ އާއި ގްރީން ޓެކުހާއި ޑިޕާޗާ ޓެކުހާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ބޮޑުކުރަން މަޖިލީހަށް ހުށައަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން