އަހުޒަމް އަޙްމަދު   16 އޮކްޓޯބަރު 2024 - 9:13
ރާއްޖެއިން ވޭޕް މަނާކުރަން ނިންމުމުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯއިން ތައުރީފްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހޯމަ ދުވަހު ވަނީ ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށް ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އަދި ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވެފައި ވެއެވެ.

އެކަމާ ގުޅިގެން ޑަބްލިއުއެޗްއޯގެ ދެކުނު އޭޝިއާ ގޮފިން އެކްސްގައި ވަނީ އެކަމަށް މަރުހަބާ ކިޔައިފަ އެވެ.

އެގޮތުން ފެޝަނަކަށްވެ ވޭޕްކުރުން އިތުރުވެފައިވާ އިރު ސަރުކާރުގެ މި ނިންމުމަކީ އެކަން ހުއްޓުވަން އެޅި ރަނގަޅު ފިޔަަވަޅެއް ކަމަށް ވެސް ބުނެފައި ވެއެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ރާއްޖޭގައި 13 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން 23 ޕަސެންޓް ފިރިހެން ކުދިންނާއި 10 ޕަސެންޓް އަންހެން ކުދިން އީ ސިނގިރޭޓް ބޭނުންކޮށްފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ހުރިހާ ވައްތަރެއްގެ ދުންފަތަކީ ވެސް ނުރައްކާތެރި ބާވަތެއް ކަމަށެވެ.

އެގޮތުން އޭގެން ހިތުގެ ބަލިތަކާއި ކެންސަރާއި ފުއްޕާމާގެ ބަލިތަކުގެ އިތުރުން ހަކުރުު ބަލި ޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން