ލޭ ހަދިޔާކުރުމަކީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭ ކަމަށް ނާއިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް 10 އަހަރަށް އެކުލަވާލި ތެލެސީމިއާ މާސްޓަރ ޕްލޭން އިފުތިތާޙުކުރުމަށް ރޭ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ނާއިބު ރައީސް ވަނީ ތެލެސީމިއާ ކުދިންނަށް ލޭ ހަދިޔާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލި އަޅުވާލައްވައިފަ އެވެެ.
އެގޮތުން އަޅުގަނޑުމެން ހަދިޔާކުރާ ލޭފޮދަކީ ތެލެސީމިއާ ކުދިންގެ ދިރިހުރުމުގެ އުއްމީދުކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެހެންކަމުން ލޭ ހަދިޔާކުރުން އެއީ ކޮންމެ މީހެއްގެ ވެސް އުފަލަކަށް ހަދަންޖެހޭކަން އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ހަމަ އެހެންމެ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްޙީ ފަރުވާއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެމަނިކުފާނު ގޮވާލެއްވި އެވެ.
ނާއިބު ރައީސް ވިދާޅުވީ ކުރިން ބައެއް އާއިލާތަކުން، ވާނުވާއެއް ނޭނގި ތުއްތު ކުދިން މަރުވި ނަމަވެސް މިހާރު ސައިންސްގެ އަލީގައި އެކަން ދެނެގަނެވިފައިޗވާ ކަމަށެވެ، އަދި އެއާއެކު އެ ބަލިތަކުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވެސް ހޯދިފައިވާ ކަމަށެވެ. އެގޮތުން ތެލެސީމިއާ ބަލި ވާރުތަކުރަނީ ދެ ކެރިއެރުންގެ ފުށުންކަން އެނގި ހާމަވެފައިވާ އިރުު އެ ފުރުޞަތު ނައްތާލުމަށް، ކައިވެނިކުރުމުގެ ކުރިން ތެލެސީމިއާއަށް ޓެސްޓުކުރުން މުހިންމު ކަމަށް ވެސް ނާއިބު ރައީސް ވިދާޅުވި އެވެ.
އަދި އެކަމަށް ހޭލުންތެރިކުރުމަށް ރާއްޖޭގައި މަސައްކަތްކުރާތާ ގިނަ އަހަރުތަކެއް ވެފައިވާކަން ވެސް ނާއިބު ރައީސް ފާހަގަ ކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު