އައްޑޫގެ ފިހާރަައަކަށް ވަދެ ސޭޓަށް ބިރު ދައްކައި ފޭރުނު މައްސަލައިގައި މީހަކު ހައްޔަރުކޮށްފި އެވެ.
އެ ހާދިސާގެ ސީސީޓީވީ ފުޓޭޖު އާންމުވެފައިވާއިރު އެ ފްޓޭޖުން ފެންނަ ގޮތުގައި ސޭޓަށް ބިރު ދައްކައި ފޭރުނީ ދެ ފިރިހެނުން ވެގެން ނެވެ.
އޭގެން އެއް ފިރިހެނަކު ދަގަނޑުބުރިއަކުން ބިރު ދެއްކިއިރު އަނެއް މީހާ ބިރު ދެއްކީ ވަޅިއަކުން ނެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ. އަދި ކޯޓު އަމުރެއްގެ ދަށުން 40 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު