ފާދިއްޕޮޅު ހިންނަވަރުގައި 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ފެނަކައިން ފެށި، އައު އޮފީސް އިމާރާތުގެ 55 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

ފެނަކައިން ބުނީ އިމާރާތުގެ ސްޓްރަކްޗަރ ނިމިފައިވާއިރު، ކޮންކްރީޓް މަސައްކަތުގެ ބޮޑުބައެއްވެސް މިހާރުވަނީ ނިމިފައެވެ. މި ޕްރޮޖެކްޓްގައި މިހާރު ސްކްރީޑް މަސައްކަތް ކުރިއަށް ދާއިރު މިހާތަނަށް ނުނިމި ހުރި ބައެއް މަސައްކަތްތަކަކީ، ދޮރުތައް ހަރުކުރުމާއި އިމާރާތަށް ބޭނުންވާ ކަރަންޓު ވަޔަރިންއާއި ފެނާ ނަރުދަމާ ހޮޅި ގުޅުމުގެ މަސައްކަތްތައް ކަމަށް ފެނަކައިން ބުނެއެވެ.

ދެ ބުރިއަށް އިމާރާތް ކުރާ މި އިމަރާތް އެއްކޮށް ނިމޭއިރު، އެންމެ ޒަމާނީ ވަސީލަތްތައް ޤާއިމްވެފައި ހުންނާނެކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ފެނަކަނަ އައު އޮފީސް އިމާރާތަކީ ޖާގައިގެ ގޮތުން ތަނަވަސް އިމާރާތަކަށް ވުމުން، މުވައްޒަފުންނަށާއި ޚިދުމަތް ހޯދާ ކަސްޓަމަރުން މިހާރަށްވުރެ ފަަސޭހަ ވެގެންދާނެއެވެ. ވަރަށް ބާރަށް ކުރިއަށްދާ މި މަސައްކަތް، އަންނަ އަހަރުގެ ކުރީކޮޅު އެއްކޮށް ނިންމާލެވޭވަރުވާނެކަމަށް ފެނަކައިން އަންދާޒާ ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން