އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ފައިސާއިން އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ގަތް ކަމަށް ބުނާ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކުރުމަށް ފަހު އޭނާ ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ބަލައިނުގަނެ އެކޯޓުން ބޭރުކޮށްލައިފިއެވެ.

އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކަށް 2018 ވަނަ އަހަރު ފީފާއިން ޖަމާކުރި ފައިސާގެ ތެރެއިން 9،999 ޑޮލަރު 26 އޮގަސްޓް 2018ގައި ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އޭނާގެ މައްޗަށް ދަޢުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ އާއި ޚިޔާނާތްތެރިވުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި މިހާރުވެސް ދަނީ ކުރިއަށެވެ.

މި މައްސަލާގައި ބައްސާމުގެ މައްޗަށް ޝަރީޢަތް ކުރަމުންދާއިރު އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލާގައި ބައްސާމަށް ތުހުމަތުކުރެވޭ އިތުރު މައްސަލަތަކެއް ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. އެގޮތުން އެ މައްސަލަތަކާ ގުޅިގެން ބައްސާމްގެ ޕާސްޕޯޓް ހިފަހައްޓައި އަމީން އެވެނިއުއިން ގަނެފައިވާ ދެ އެޕާޓްމަންޓް ފުލުހުންގެ ބެލުމުގެ ދަށަށް މިހާރުވަނީ ގެންގޮސްފައެވެ.

ބައްސާމުގެ ޚިޔާނާތުގެ މައްސަލާގައި ހިމެނޭ އަމީން އެވެނިއު އިން ބައްސާމް ގަތް އެޕާޓްމަންޓްތައް ފުލުހުން އެންގި މުއްދަތުގައި އޭނާ ވަނީ ފުލުހުންނަށް ޙަވާލު ކޮށްފައެވެ. އޭގެ ފަހުން ބައްސާމްވަނީ މިމަހުގެ 8 ވަނަ ދުވަހު އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފަ އެވެ. ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ ބައްސާމުގެ އިސްތިއުނާފް މައްސަލަ ބަލައި ނުގަތުމަށް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ބައްސާމުގެ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމީ، އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އިން އެ ފުލެޓުތައް ގަނެފައިވާތީ އެ މައްސަލާގައި ދައުވާ ކޮށްދިނުމަށްއެދި ޕީޖީ އޮފީހަށް އެމައްސަލަ ފޮނުވުމަށްފަހު އެވެ.

އަމީން އެވެނިއު އިން ބައްސާމް ދެ ފުލެޓް ގަނެފައިވަނީ އެފްއޭއެމްގެ 3،084،000ރ. ބޭނުންކޮށްގެން ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން