މާލޭ ސިޓީގައި އުޅޭ ބުޅަލެއް
މާލޭ ސިޓީގައި އުޅޭ ބުޅަލެއް
ކެޓް ޝެލްޓާއަކީ މޭޔަރުކަމުގައި ހުންނެވިއިރު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފެއްޓެވި މަސައްކަތެއް ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިއަދު ވިދާޅުވީ މާލެއަށް ދިމާވެފައިވާ ބުޅަލުގެ މައްސަލައިގެ ވާހަކައަކީ ސަރުކާރުތަކުން މީގެކުރިން ދައްކަމުން އައި ވާހަކަތަކެއް ކަމަށެވެ. ނަމަވެސް ބުޅަލުގެ މައްސަލައަށް ދާއިމީ ހައްލެއް ގެންނަން އަމަލީ މައްސަކަތް ފެށުނީ މާލޭ ސިޓީގެ މޭޔަރަކަށް ޑރ. މުޢިއްޒު ހުންނަވައި ފެއްޓެވި މަސައްކަތުން ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ މާލޭ ސިޓީ ކައުންސިލްގައި ރައީސް ޑރ. މުއިއްޒު ހުންނަވައި ބުޅަލުގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯއްދަވަން ކުރަމުން އައި މަސައްކަތް ހުއްޓުނީ ކުރީ ސަރުކާރުން އެކަމަށް ދެންޖެހޭ ބިން ނުދީ ހިފެހެއްޓުމުން ކަމަށެވެ.

“ރައީސްކަމަށް އިންތިހާބު ވުމާއި އެކު ފުރަތަމަ އަހަރު ތެރޭ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެން އެނިމަލް ވެލްފެއާރ އާއި ހަވާލުކޮށްގެން މަލޭ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެކު ސަރުކާރުން ހުޅުމާލޭން ފަހިކޮށްދިން ބިމުގައި މިހާރުއެވަނީ ކެޓް ޝެލްޓަރ އެއް ބިނާކޮށް ނިމި އަންނަމަހު ކުރީކޮޅު ހުޅުވަން ތައްޔާރުވެފައި!” ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ އެ މަސައްކަތަކީ ރައީސް ޑރ. މުއިއްޒުގެ ސީދާ އިރުޝާދުގެ ދަށުން މިނިސްޓަރ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ކުރިޔަށް ގެންދިޔަ ސަރުކާރުގެ ޕްރެޖެކްޓެއް ކަމަށެވެ. އަދި މިކަމުގައި ކެޓް ޝެލްޓަރ ބިނާކުރުމުގެ މަސައްކަތް ސަރުކާރުން އެދުނު ގޮތަށް ކޮށްދިނީ ސިޓީ ކައުންސިލުން ކަމަށްވެސް ނަރީޝް ވިދާޅުވިއެވެ.

އޭގެ އިތުރުން ނަރީޝް ވަނީ މާލޭގެ ރައްޔިތުންގެ މިބޮޑު ކަންބޮޑުވުމަށް ގެނެސްދެއްވި އަވަސް ހައްލަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވާފައެވެ.

މާލޭގައި އުޅޭ ބުޅާތައް ބޭތިއްބުމަށް ސަރުކާރުން ފަރުކޮޅު ފުށީގައި ހާއްސަ ހިޔާވަހިކަމެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރު އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް ސަރުކާރުން ބުނެއެވެ. އަދި އެތަން ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެ ކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން