ޗައިނާއަށް އަންނަ ކުރިއެރުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވާންގް ލީޝިން ވިދާޅުއްޖެ އެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާ މިހާރުވެސް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުން ފާގަތި މުސްތަގުބަލަކަށް ދެވެމުންދާ ކަމަށެވެ.
އަދި ދެ ގައުމުގެ ރައްޔިތުންގެ ކުރިއެރުމާއި ފާގަތިކަމަށް ރާއްޖެއާއި ގާތުން އިތުރަށް މަސައްކަތް ކުރަން ޗައިނާއިން އޮތީ ތައްޔާރަށް ކަމަށް ސަފީރު ވިދާޅުވި އެވެ. މީގެއިތުރުން ރާއްޖެ އިތުރަށް ތަރައްގީކުރުމަށް ޗައިނާއިން އޮތީ ތައްޔާރަށް ކަމަށާއި އަދި ތަރައްގީގެ މަޝްރޫއުތައް އިތުރަށް ކުރިއަށް ގެންދެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
"އެއީ ދިވެހި ރައްޔިތުންނަށް ރަނގަޅު ފާގަތި ދިރިއުޅުމެއް ހޯދައިދިނުމަށާއި ރާއްޖެއަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދިނުމަށް." ސަފީރު އިތުރަށް ވިދާޅުވި އެވެ.
ސަފީރު އިތުރަށް ވިދާޅުވީ ޗައިނާއަށް އަންނަ ކުރިއެރުމާއެކު ރާއްޖޭގެ ރައްޔިތުންނަށް ވެސް ފައިދާކުރާނެ ކަމަށެވެ.
ޗައިނާއަކީ ރާއްޖޭގެ ތަރައްގީގައި މުހިންމު ބައިވެރިއެކެވެ. އެގޮތުން ރާއްޖޭގައި އެޅި ސިނަމާލެ ބުރިޖުވެސް ހެދީ ޗައިނާގެ ބޮޑު އެހީއަކާ އެކު އެވެ.

ކިޔުންތެރިންގެ ހިޔާލު