މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
މަޖިލީހުގެ ރައީސް އަބްދުއްރަޙީމް
އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރަން ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަހަށް ނިންމުމަށް ގޮވާލައި އެމްޑީޕީން ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ މަޖިލީހުން ބޭރުކޮށްލައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުالله ވިދާޅުވީ އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައިގެންފައި ނުވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ކުއްލި މައްސަލައެއްގައި ހުންނަންވާނެ ކަމަށް ބަޔާންކޮށްފައިވާ ޝަރުތުތައް އެ މައްސަލައިގައި ފުރިހަމަނުވާތީ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން އެ މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. މައްސަލަ މަޖިލީހުގެ އިދާރާއިން ބަލައިގަނެފައި ނުވާތީ އެމްޑީޕީގެ މެންބަރުން ވަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަށްވާފައެވެ.

މުހައްމަދު އިބްރާހިމް ހުށަހަޅާފައިވާ ކުއްލި މައްސަލައިގައި ވަނީ އިޒްރާއީލުގެ ޕާސްޕޯޓު މިހާރުން މިހާރަށް މަނާކުރުމުގެ މައްސަލަ މަޖިލީހުން އަވަސް ގޮތެއްގައި ނިންމައިދިނުމަށް ގޮވާލާ ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިސްނެންގެވުމާއެކު އެ މައްސަލަ އަވަހަށް ކުރިއަށް ގެންގޮސް ދެއްވުމަށް އެދޭ ކަމަށެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރަން މަޖިލީހަށް ހުށަހެޅީ އެމްޑީޕީންނެވެ. ނަމަވެސް މަޖިލީހުގެ ކޮމިޓީގައި އެބިލު ވަނީ ޕާކް ވެފައެވެ.

އޭގެފަހުން ގާނޫނުތަކަށް އިސްލާހު ގެނެސްގެން، އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރާނެކަން ސަރުކާރުން އިއުލާނު ކުރީ ޖޫން 2، 2024، ގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން