އޮޑިޓާ ޖެނެރަލް  ހުސައިން ނިޔާޒީ --
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ --
އަންނަ އަހަރަށް އޮޑިޓް އޮފީހަށް 114 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްދީފި އެވެ.

އަންނަ އަހަރަށް ލަފާކޮށް އޮޑިޓް އޮފީހުން މަޖިލީހަށް ހުށަހެޅީ 99.5 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 78.5 މިލިއަން ރުފިޔާއާއި ކެޕިޓަލް ހަރަދުގެ ގޮތުގައި 21 މިލިއަން ރުފިޔާ އެވެ.

ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެ ބަޖެޓު ދިރާސާކުރުމަށް ފަހު ވަނީ ކެޕިޓަލް ހަރަދުގެ ބަޖެޓު 21 މިލިއަން ރުފިޔާއިން 36 މިލިއަން ރުފިޔާއަށް ބޮޑުކޮށްދީފަ އެވެ.

ކެޕިޓަލް ހަރަދުގެ ބަޖެޓު ބޮޑުކުރީ އޮޑިޓް އޮފީހުގެ އާ އިމާރާތް އެޅުމަށް ހިންގާ ޕީއެސްއައިޕީ ޕްރޮޖެކްޓާ ގުޅިގެން ހަތަރު އަހަރަށް ބަހާލައިގެން އަހަރަކަށް 34 މިލިއަން ރުފިޔާ ދައްކަން ކޮންޓްރެކްޓަރާއެކު އެއްބަސްވެފައިވާތީ ކަމަށް މާލިއްޔަތު ކޮމިޓީޣެ ރިޕޯޓްގައި ބުނެފައި ވެއެވެ.

އެއާއެކު އޮޑިޓް އޮފީހުގެ ބަޖެޓަށް މާލިއްޔަތު ކޮމިޓީން ވަނީ 114.5 މިލިއަނަށް އިތުރުކޮށްދީފަ އެވެ.

މާލިއްޔަތު ކޮމިޓީން އެކުލަވާލި ބަޖެޓުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުން މިއަދު ފާސްކުރީ 75 މެމްބަރުންގެ ވޯޓާއެކު އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން