ޓީޗަރަކު ދަރިވަރުންތަކެއް ގްރޫމްކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ އެކަން ހިނގާފައިވަނީ މެދު ރާއްޖެތެރޭގެ ރަށެއްގައި ކަމަށެވެ.

އަދި އެ ރަށުގެ ސްކޫލުގައި ކިޔަވައިދޭ ފިރިހެން ޓީޗަރަކު ދަރިވަރުންގެ އުމުރާއި ނުގުޅޭ ވާހަކަ ދައްކައި ގްރޫމްކުރި މައްސަލައެއް މި މަހުގެ 17 ވަނަ ދުވަހު ހުށަހަޅާފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. އެހެންވެ ޓީޗަރު ގްރޫމްކުރީ ފިރިހެން ނޫނީ އަންހެން ދަރިވަރުންނަށް ކަމެއްވެސް ސާފެއް ނުވެއެވެ.

ކުޑަކުދިންނާ ބެހޭ ގާނޫނުގެ ދަށުން ގްރޫމްކުުރުން ނުވަތަ ކުއްޖާގެ ބޮލަށްއެރި ހައްލާލައި އިތުބާރު ހޯދައިގެން ކުއްޖާގެ އުމުރާ ނުގުޅޭ ވާހަކަދައްކައި އަދި އަތްލައި ޖިންސީ ގުޅުން ހިންގުމަށް މަގުފަހިކޮށް ހެދުމަކީ ޖިނާއީ ބޮޑު ކުށެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން