އަހުޒަމް އަޙްމަދު   21 އޮކްޓޯބަރު 2024 - 15:4
ފުލުހުން ފަޅުރަށަކުން މަސްތުވާތަކެތި ހޯދައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މަސްތުވާތަކެތި އަތުލައިގަތީ ފަޅުރަށެއްގައި މަސްތުވާތަކެތި ރައްކާކޮށްފައިހުރި ކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނަކުން ކަމަށެވެ.

އެ މަސްތުވާތަކެތި އަތުލައިގަތީ ގއ.ގެ ފަޅު ރަށަކުން ކަމަށް ވެސް ބުނެފައި ވެއެވެ. ނަމަވެސް އެއީ ކޮން ރަށެއް ކަަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އެ އޮޕަރޭޝަނުގައި، އެ ރަށް ބަަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 163 ގްރާމް ހުރި ކަމަށް ވެސް ބުނެފައި ވެއެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން