ހުސްވެފައިވާ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުންގެ މަގާމަށް އަައްޔަނުކުރަން ނަންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހަތަރު މެންބަރުން މިދިޔަ އޮަގަސްޓު މަހު މަގާމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދެއްވުމުންނެވެ.

އެހެންވެ އެ މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލީ މީހުންގެ ތެރެއިން 13 މީހެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހަށް ފޮނުއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ރައީސް ފޮނުއްވި ނަންތައް ހިމެނޭ ސިޓީ އަޑުއިއްވާފައެވެ.

ރައީސް ފޮނުއްވި ނަންތައް:

1. ޙަސަން ޒުހައިރު މުޙައްމަދު، ގ. މާވަރުލު

2. ޢާއިޝަތު އާދަމް، ރިވެލި/ރ. އަލިފުށި

3. އިބްރާހިމް ޝަރީފް، ގ. އަލިޝާ

4. ޝިފްޒާ ޢަބްދުލްޤައްޔޫމް، ގަސްދޮށުގެ/ގއ. ނިލަންދޫ

5. އަޙްމަދު ސަޢީދު، މ. ހުޅަނގުބައި ފަތްކޯނިގެ

6. ޢަބްދުﷲ ޢަބްދުލްޙަކީމް، އަޒާން ޕެލެސް/ ޅ. ނައިފަރު

7. މުޙައްމަދު އަމީން ޒާހިރު، ނީލާ/ ސ. ހިތަދޫ

8. މުޙައްމަދު ފާރިސް ޠާހާ، ހ. ސޯސަން

9. ޢަބްދުލްޣަނީ މުޙައްމަދު، ހ. ހޮއްސައިޑް

10. އަޙްމަދު ޢަލީ، ހުޅުމާލެ ފްލެޓް ނަންބަރު 1-ޖީ-108

11. އަލީ ރިޒާ އިސްމާއިލް. ހުޅުމާލެ ހިޔާ 2-13-3

12. ފާތިމަތު ޝަފީނާޒް، ހުޅުމާލެ ގޯތި ނަންބަރު 11021

13. މަޖީދު ޢަލީ. މަތެރެސްމާގެ/ގއ. ދާންދޫ

ރައީސް އެދިވަޑައިގެންނެވީ އެ ނަންތަކުގެ ތެރެއިން މަޖިލީހަށް ފެނިވަޑައިގަންނަވާ ނަންތަކެއް ފާސްކޮށްދެއްވުމަށެވެ.

އެ ނަންތައް އިތުރަށް ދިރާސާކުރަން މިއަދު ވަނީ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ފޮނުވާފައެވެ.



ކިޔުންތެރިންގެ ހިޔާލު