ސިނގިރޭޓާއި ވޭޕްގެ ޑިއުޓީ ބޮޑުކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވާ ބިލު ދިރާސާ ކުރުމަށް މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހަށް މި ބިލު ބަލައިގަތީ ޖަލްސާއަށް ޙާޟިރުވެ ތިއްބެވި 71 މެންބަރުންގެ ތެރެއިން 65 މެންބަރުން ވޯޓު ދެއްވައިގެންނެވެ. މި ބިލު ބަލައި ނުގަތުމަށް އެމްޑީޕީގެ 3 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
މިބިލު ދިރާސާ ކުރުމަށް ނިންމާފައިވަނީ މުޅި މަޖިލީހުގެ ކޮމިޓީންނެވެ.
މިބިލުގައި ސަރުކާރުން ހުށައަޅާފައިވަނީ ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓް ޑިއުޓީގެ މިންވަރު އިތުރުކުރުމާއި، ވޭޕް އެތެރެކުރުން މަނާކުރާ ތާރީހާ ހަމައަށް އެ ބާވަތްތަކުން ނަގާ ޑިއުޓީ ބޮޑުކުރުމެވެ. އެގޮތުން ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކުން ނަގާ ޑިއުޓީގެ މިންވަރު 200 އިންސައްތަ ބޮޑުކުރުމަށް ވަނީ ހުށަހަޅާފައެވެ.
ހަމައެއާއެކު ސިނގިރޭޓާއި ބިޑީގެ ޑިއުޓީ 50 އިންސައްތަ ބޮޑުކުރުމަށާއި، ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތަކުގެ ޑިއުޓީ 50 އިންސައްތަ ބޮޑުކުރުމަށްވެސް ހުށަހަޅާފައިވެ އެވެ.
ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވަނީ ސިގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓާއި އެޑްވަލޮރެމް ރޭޓް 1 ނޮވެމްބަރ 2024 އިން ފެށިގެން ބޮޑުކުރުމަށެވެ. އޭގެ އިތުރުން ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާކުރުމަށްވެސް އެމަނިކުފާނު ނިންމަވާފައިވެއެވެ.
އޭގެއިތުރުން ދުންފަތުގެ އުފެއްދުންތަކުގެ ވިޔަފާރީގެ މުއާމަލާތްކުރެވޭ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ވެސް ސަރުކާރުން މިހާރުވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު