ގަވާއިދާ ހިލާފަށް މާރުކެޓް ގޮޅީގައި ވިޔަފާރިކުރަމުން ދިޔަ ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގެންފި އެވެ.
އިމިގްރޭޝަނުން މިއަދު އެކްސްގައި ބުނީ ހުޅުމާލެ ފޭސް 01 ގައި ހުންނަ "ރަށު މާރުކޭޓު" ގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތް ކުރަމުންދާ މީހުން ބެލުމަށް އިއްޔެ ހާއްސަ ރެއިޑު އޮޕަރޭޝަނެއް ހިންގި ކަމަށެވެ.
އެގޮތުން، އެ މާރުކޭޓުގެ 15 ގޮޅިއެއްގައި ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރަމުން ދިޔަ 23 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެނައި ކަމަށް އެ އިދާރާއިން ބުނެއެވެ. އޭގެ ތެރޭގައި 15 ފިރިހެނުންނާއި 08 އަންހެނުން ހިމެނެ އެވެ.
"މި ރެއިޑުގައި އިމިގްރޭޝަންގެ 30 އޮފިސަރުން އަދި ފުލުހުންގެ 24 އޮފިސަރުން ވަނީ ހަރަކާތްތެރިވެފައި. އަދި ކަމާ ގުޅުންހުރި އިދާރާތައް ކަމަށްވާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް އިން ވެސް ވަނީ މި ރެއިޑުގައި ބައިވެރިވެފައި." އިމިގްރޭޝަނުން ބުނެފައި ވެއެވެ.
މާލެއާއި ހުޅުމާލޭގައި ހުންނަ މާރުކޭޓު ގޮޅިތަކުގައި ދިވެހީންގެ ނަންމަތީގައި ބިދޭސީން ވިޔަފާރިތައް ހިންގުމަކީ އާންމު ކަމެކެވެ. އެކަން ހުއްޓުވުމުގައި ހުރިހާ ސަރުކާރުތަކަށް ވެސް ވަނީ ނާކާމިޔާބުވެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު